މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ރޭ ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި، ރޭ މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިޔަ އެ ކެފޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިިމިގްރޭޝަނުން ބުންޏެވެ.
މިދިޔަ އަހަރުން ފެށިގެން އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މާލޭގެ އިތުރުން ބައެއް ރަށްތަކުގައި ވެސް އެ އޮޕަރޭޝަން ހިންގާފައިވެއެވެ.
އެގޮތުން އެ އޮޕަރޭޝަން ފެށި ފަހުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ވަނީ ފޮނުވާލައިފައެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ