ކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
އުމުރުން 57 އަހަރުގެ ޒުބައިރު ކިޔާ ހައްޔަރުކުރީ ހުއްދަ ނެތި ގެދޮރަށް ވަނުމާއި އޮރިޔާން ކާޑު ގެންގުޅުމާއި ބްލެކްމެއިލް ކުރުން އަދި ބިރުދެއްކި މައްސަލައިގެ ތުހުމަތުގަ އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ އޭނާގެ ކުރީގެ އަނބިމީހާ ބްލެކްމެއިލްކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ.
އޭނާގެ ބަންދަށް މިއަދު 10 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ