މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ފަގީރުންނަށް ބެހުމަށް ކަނޑައެޅި އަދަދަށް ފައިސާ ޖަމާކޮށްފިއެވެ.
މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 13،264،819 ރުފިޔާއެވެ. މިއީ ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ރޭ ވިދާޅުވީ ފަޤީރުންގެ ދަފްތަރުފައިވާ ކޮންމެ ފަރުދަކަށް ފިޠުރު ޒަކާތުގެ ގޮތުގައި 4500 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި 5 ލައްކަ ރުފިޔާ ފަލަސްތީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް ހަދިޔާކުރަން ނިންމާފައިވަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގޮވާމުން މާލެ ސަރަހައްދުގެ ކޮންމެ ފަގީރަކަށް 15 ކިލޯ ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ. ގޮވާމުން މިއަހަރުވެސް ޒަކާތް ބަލައިގެންފައިވާއިރު މިއަހަރު ގޮވާމުގެ ގޮތުގައި 10 ހާސް ކިލޯ ލިބިފައިވެއެވެ.
މި އަހަރު ފިތުރު ޒަކާތް ބަހަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ބެހުމަށް ނިންމިކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާން ކުރެއްވީ މިމަހުގެ 28ވަނަ ދުވަހުއެވެ. އެ ބަދަލަކީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖްތިމާއީ އަދާލަތު ގާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
މީގެ ކުރިން މިކަން ކުރާ ގޮތަކީ އެރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށެއްގެ ފަގީރުންނަށް ބެހުމެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި