މިއަދަކީ ހުރިހާ ރުޅިވެރިކަމަކާއި ހަސަދައަކުން ހިތްތައް ސާފު ކުރަންވީ ދުވަސް ކަމަށް ފިތުރު އީދު ދުވަހުގެ ހުތުބާގައި އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ފިތުރު އީދު ހުތުބާގައި އިސްލާމީ އީދުތައް ފެށެނީ މާތް ރަސްކަލާނގެއަށް ޝުކުރު ދެންނެވުމަށް ކުރެވޭ އީދު ނަމާދުން ކަމަށެވެ. އެ އެއްވުމުގެ ސަބަބުން އެކަކު އަނެކަކާއި ބައްދަލުވެ ސަލާން ގަލާންކޮށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުވުމުގެ ފުރުސަތު ލިބިގެންދާ ކަމަށް އީދު ހުތުބާގައި ބުންޏެވެ.
"އަހަރެމެން މިއަދު ޢީދު ނަމާދަށް ޓަކައި އެއްވެ ތިބި ތިބުން ހާމަކޮށްދެނީ އަހަރެމެންގެ އެއްބައިވަންތަކަމެވެ. އަހަރެމެންގެ ކުޑަކުދީންނާއި ބޮޑެތި މީހުންގެ މެދުގައި، ފަޤީރުންނާއި މުއްސަނދީންގެ މެދުގައި، އޮތް ކުލުނުވެރިކަމާއި ލޯތްބެވެ. މިއަދު ހުރިހައި ރުޅިވެރިކަމަކާއި،ޙަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކުރާށެވެ! ބައިބައިނުވެ، އެއްގަލަކަށް އަރާށެވެ! އަހުރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަނެކާގެ ޙައްޤު އަދާކުރާށެވެ!" ހުތުބާގައި ގޮވާލިއެވެ.
އީދު ހުތުބާގައި ދެން ގޮވާލީ މައިންބަފައިންގެ ހައްގުތައް އަދާ ކުރުމަށެވެ. މައިންބަފައިން ކުރެ ހަމަ އެކަކުވެސް ހިތުގައި ނުޖެއްސުމަށް މިއަދު އަޒުމް ކަނޑައެޅުމަށް ވެސް ގޮވާލިއެވެ.
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ މައިންބަފައިންގެ ޙައްޤުތަކާ ގުޅިފައިވާ ކަމެއް ކަމަށާއި މިއަދު ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ހެޔޮފޯރުވުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. ޢީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވުމަށާއި މިއަދު މިކަމަކީ ދުނިޔޭގައި ވަރަށް ފަސޭހަ ކަމެއްކަން ފާހަގަކުރިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް