މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލެ ސިޓީގެ ހަތަރު ސަރަހައްދެއްގައި ކުރާނެ ކަމަށާއި މީގެ އިތުރުން ވެސް މާލެ ސިޓީގެ އެކި މިސްކިތްތަކުގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މާލޭގެ ބޮޑު ޖަމާއަތް އޮންނާނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މާފަންނު ސްޓޭޑިއަމްގައެވެ. ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެއެވެ. މީގެއިތުރުން ވިލިމާލޭގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެއެވެ.
އިސްލާމިކް މިނިސްޓްރީން އާއްމު ކޮށްފައިވާ ލިސްޓުގައިވާ ގޮތުގައި މި ހަތަރު ބޮޑު ޖަމާއަތުގެ އިތުރުން ވެސް މާލެ ސަރަހައްދުގެ 23 މިސްކިތެއްގައި އީދު ނަމާދު ކުރުން އޮންނާނެއެވެ.
ފިތުރު އީދު ނަމާދު ކުރުމަށް ހާއްސަ ކޮށްފައިވާ މައިދާންތަކާއި މިސްކިތްތަކުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:00ގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ