ބިދޭސީންތަކެއްގެ އަތުން ނާޖާއިޒު ފައިދާތަކެއް ހޯދަމުންދިޔަ މައްސަލާގައި ހައްޔަރު ކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކުގެ ވަނަވަރު އާއްމުކޮށްފިއެވެ.
އެ މީހުންގެ ތެރޭގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި ހުންނަވަނިކޮށް މަގާމުން ވަކި ކުރެއްވި މުހައްމަދު ޝައްމާން ވަހީދު ވެސް ހިމެނިވަޑައިގަންނަވައެވެ. ޝައްމާން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެ މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރު ކޮށްފައި އެބަހުއްޓެވެ. އެ މީހުންނަކީ މޫނިމާގެ/ ތ. ބުރުނީ، މުހައްމަދު އަލްސަން އިސްމާއިލް އާއި ގ. ހެޕީސައިޑް/ މާލެ، އިބްރާހިމް އަހުމަދު އާއި ގ. ހެޕީސައިޑް/ މާލެ، ހަސަން ސަހެޝާންއެވެ. އެމީހުން ހައްޔަރުކުރީ މިމަހުގެ 20ވަނަ ދުވަހުއެވެ.
އެ މައްސަލާގައި އިއްޔެ އިތުރު އެކަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ މ.ހާޒާރީވިލާ/ މާލެ، އަހުމަދު ލައްސާން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ