މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ރޓޔ އަހްމަދު ފަސީހް އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ސީޕީ ފަސީހް ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝައްމާން ވަހީދު ވަކި ކުރެއްވީ މިރޭގެ ވަގުތެއްގައެވެ. އޭނާ ވަކި ކުރެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ.
ނަމަވެސް މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ބިދޭސީންގެ އަތުން ނާޖާއިޒު ފައިދާތަކެއް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ހޯދަމުން އަންނަ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އަދި އެ މައްސަލައާ ގުޅޭ ގޮތުން ރޭ މާލޭގެ ގެއެއް ބަލާ ފާސްކޮށް، ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ