މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުގައި ހުންނެވި ޝައްމާން ވަހީދު މަގާމުން ވަކި ކުރައްވައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. ޝައްމާނަކީ އިމިގްރޭޝަންގައި 14 އަހަރު މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޝައްމާން އިމިގްރޭޝަން އޮފިސަރުކަމުގައި ހުންނެވިއިރު މަގާމުން ވަކި ކުރެއްވިއެވެ. އޭނާ އޭރު މަގާމުން ވަކި ކުރެއްވީ ކުރީގެ ރައީސް ޔާމީނަށް ތާއީދުކޮށް ޕޯސްޓެއް ކުރެއްވުމުންނެވެ.
އަލުން އޭނާ އަށް އިމިގްރޭޝަންގެ ވަޒީފާ ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު، 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ