ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމުން ހައި ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. ރައީސް އޮފީހުން އިއްޔެ ބުނީ އިއްޔެ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ކަމަށެވެ. އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަހީދާ ހަވާލުކުރައްވާފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ހައިކޯޓަށް އެއް ފަނޑިޔާރަކު ބޭނުންވާ ކަމަށެވެ. ހައި ކޯޓު ފަނޑިޔާރަކަށް 68،300 ރުފިޔާ މުސާރައާ އިނާޔަތުގެ ގޮތުގައި ލިބިގެން ދާނެއެވެ. ހެލްތު އިންޝުއަރެންސާއި ފޯނު އެލަވަންސް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ލިބިގެން ދާނެއެވެ.
ހައިކޯޓު ފަނޑިޔާރަކަށް ކުރިމަތިލާ ފަރާތެއްގައި ހުންނަން ޖެހޭ ބައެއް ޝަރުތު:
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން- ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
ޖޭއެސްސީން ބުނީ ހައި ކޯޓު ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އަންނަ އެޕްރީލް މަހުގެ 10ވަނަ ދުވަހުގެ 10:00 ގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު