ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ އިންޑިއާގެ މުކޭޝް އަމްބާނީގެ ކްރިކެޓު ޓީމު ކަމަށްވާ، މުމްބާއީ އިންޑިއަންސްގެ ޓޫރިސްޓު ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް" ހަމަޖައްސައިފިއެވެ.
އިންޑިއާގެ ކްރިކެޓު ލީގު އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އަކީ ދުނިޔޭގެ އެންމެ ބޮޑު ޓީޓްވެންޓީ ކްރިކެޓް ލީގެވެ. އަމްބާނީގެ ރިޔަލަޔަންސް އިންޑަސްޓްރީސް އިން މި ޓީމު ގަނެފައި ވަނީ 2008ވަނަ އަހަރު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގެއްގައެވެ.
މި ޓީމަކީ އައިޕީއެލް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އަދި މި ޓީމަކީ އިންޑިއާގެ އެންމެ ސަޕޯޓަރުން ގިނަ އެއް ޓީމުވެސްމެއެވެ.
އެމްއެމްޕީއާރްސީން ބުނީ އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން އިންޑިއާގައި ރާއްޖެ ޕްރޮމޯޓު ކުރެވިގެން ދާނެ ކަމަށާއި އަދި އެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.
މިއީ މިއަހަރުގެ ތެރޭގައި އެމްއެމްޕީއާރްސީން ހެދި ކުޅިވަރުގެ ދެވަނަ ޕާޓްނާޝިޕެވެ. ދާދިފަހުން އެމްއެމްޕީއާރްސީން ވަނީ ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކްލަބް، ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު މަންޒިލުގެ ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފައެވެ. އަދި މީގެއިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ނޫސްވެރިޔާ އިޓަލީގެ ފަބްރީޒިއޯ ރޮމާނޯ، ރާއްޖޭގެ ޓޫރިޒަމްގެ ބްރޭންޑް އެމްބެސަޑަރަކަށް ވެސް މީގެކުރިން ވަނީ ހަމަޖައްސައިފައެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި