ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް މަޖިލިސް ރައީސް އަބްދުއްރަހީމް ދޮގު ކުރައްވައިފިއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު، މަޖިލީހަށް ރައީސް މުއިއްޒުގެ ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. މައުރޫފު އެފަދައިން ވާހަކަފުޅު ދެއްކެވީ މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
މިއަދުގެ ޖަލްސާގައި މައުރޫފު ވަނީ ރައީސް ޑރ. މުއިއްޒު މަޖިލީހުގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް ވިދާޅުވެފައެވެ.
މައުރޫފްގެ އެ ވާހަކަތަކާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ މި ގައުމުގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށެވެ. އެކަން މެންބަރު މައުރޫފަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަ މެޖޯރިޓީ މިތާ އޮތުމަކީ އެއީ އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު މިތަން ކޮންޓްރޯލްކުރުން ކަމަށް ވިދާޅުވެވޭނެ ސަބަބެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މިފަދައިން ވިދާޅުވަމުން ގެންދަވާއިރު ދާދިފަހުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވެސް ވަނީ 20ވަނަ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ އަންގަވާހާ ގޮތަކަށް މަސައްކަތް ކުރާނެ މަޖިލީހެއް ނޫންކަން ދިވެހި ރައްޔިތުންނަށް ފެނިގެން ދާނެ ކަމަށެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ