މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން ވަނީ ފާއިތުވެދިޔަ ފަސް އަހަރު ދުވަހު ރަމަޟާން މަހުގެ ފުރަތަމަ 10އެއްގައި ޒަކާތުގެ ގޮތުގައި ލިބުނު އަދަދުތައް ހާމަ ކޮށްފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 10 ދުވަހު ޒަކާތުގެ ގޮތުގައި 2،913،839.61 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ފުރަތަމަ 10 ދުވަހު އެންމެ ގިނައިން ޒަކާތް ލިބުނު އަހަރެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން މީގެކުރިން ނެރެފައިވާ ބަޔާނެއްގައި ބުނީ ރޯދަމަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނާއި އޮންލައިންކޮށް ވެސް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.
އެގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ 27ވަނަ ދުވަހުގެ ނިޔަލާއި ހަމައަށް ޒަކާތް ބަލައިގަންނާނެއެވެ. އަދި ރޯދަމަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނާނެއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދަކީ:
- އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުންނަމަ 62 ރުފިޔާ
- ރަތް ހަނޑުލުންނަމަ 86 ރުފިޔާ
- ބާސްމަތީ އާދައިގެ ހަނޑުލުންނަމަ 74 ރުފިޔާ
- ބާސްމަތީ މޮޅު ހަނޑުލުންނަމަ 100 ރުފިޔާ
- ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ 133 ރުފިޔާ
- އާދައިގެ ފުށުންނަމަ 10 ރުފިޔާ
- އާޓާ ފުށުންނަމަ 75 ރުފިޔާ
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ