މާފަންނު ސަހަރާ ހުރި ބިމުގައި ކުޅިވަރު ކުޅޭ ތަނެއް ހަދައިގެން ބަޔަކު އުޅެނީ މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ނެތި ކަމަށާއި އެކަން ހުއްޓުވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާފަންނު ސަހަރާގައި ހުރި ގަބުރުތައް ނެގުމަށްފަހު އެތަނުގައި ޕާކިން ބިލްޑިންއެއް އަޅަން މާލޭ ސިޓީ ކައުންސިލުން ކުރިން ނިންމާފައިވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މިއަދު އާންމުވި ފޮޓޯތަކުން ފެންނަނީ ގަބުރުތައް ނެގުމަށްފަހު ހުސްކުރި ބިމުގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައި އޮއްވަ އެވެ.
އެކަމާ ގުޅިގެން ސިޓީ ކައުންސިލަށް ގިނަ ފާޑުކިޔުންތަކެއް ސޯޝަލް މީޑިއާގައި އަމާޒުވެފައި ވަނިކޮށް މާލެ ސިޓީގެ މޭޔަރު އާޒިމް “ހަތާވީސް”އަށް މިރޭ ވިދާޅުވީ އެކަން ކުރަން ސިޓީ ކައުންސިލުން ހުއްދަ ދީފައިނުވާނެ ކަމަށާއި އެއީ އެ ބިމުގައި އެފަދަ ކަމެއް ކުރަން ހިތްވަރު ވެސް ނުދޭނެ ކަމަށެވެ.
“އެ އެއްޗެހި އެތަނުން ނަގާނެ. އެ ބިމުގައި އެކަން ކުރަން އަޅުގަނޑު ހިތްވަރެއް ނުދޭނަން،” އާޒިމް ވިދާޅުވިއެވެ.
މާފަންނު ސަހަރާއަކީ 1990 ގެ އަހަރުތަކުން ފެށިގެން މީހުން ވަޅުލުން ހުއްޓާލާފައި އޮންނަ ސަހަރާއެކެވެ. ނަމަވެސް އެތަނުގައި ގިނަ ބައެއްގެ މަހަނާތައް ހުއްޓެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
އެފޮޓޯއިން އެފެއްނަވަރައް އެތަނުގައި އެމަސައްކަތް ކޮއްފައިއެވަނީ އެބޭފުޅާއަށް ނޭންގިބާ؟ އެހެންކަމައްވާނަމަ!
ޟަމީރުއިންޑިޔާގެ ކަބައްޑީ، ކޮން ބައިބަލާއެއްތަ. މިހާރު ތިޔައީ ގޭންގު ކުޅިވަރަކަށްވެފައޮތްކަމެއް. މިސްކިތްތައް ދޮށުގައިވެސް ތިޔައިގެ ތަންތަން އަޅައިގެން ނަމާދުވަގުތުތަކުގައިވެސް އެކަމުގައިމިތިބެނީ. ތިޔަކަން ކޮންމެވެސް ކޮންޓްރޯލެއް ގެނެސް ސްޓޭޑިއަމްތައް ހުންނަގޮތަށް އަވަށާއި ދުރުކުރުންޖެހޭ.
ހިއްލުން