ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްފާޟިލާ ހިކުމާ އަހްމަދު ނިޒާރު މިއަދު އައްޔަން ކުރައްވައިފިއެވެ.
އަލްފާޟިލާ ހިކުމާ އަހްމަދު މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ހިކުމާ އަހްމަދު ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، ހިކުމާ ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހަސަން ޝަފީއުއެވެ.
އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިކުމާ އަހުމަދާއި ހަވާލުކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު އައްޔަން ކުރެއްވި ހިކުމާ އަހްމަދޔ މީގެކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމު 2020 އިން 2024 އަށް އަދާކުރައްވާފައެވެ. އަދި ހިކުމާ އަހްމަދު ވަނީ އެވިޑް ކޮލެޖުން ބެޗެލަރ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން، ހާސިލުކުރައްވާފައެވެ.
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި