ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކްލަބް، ލިވަޕޫލުގެ ރަސްމީ ޓޫރިސްޓު މަންޒިލުގެ ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.
މިކަން އިއުލާންކޮށް އެމްއެމްޕީއާރްސީ އިން މިއަދު ނެރެފައިވާ ބަޔާނެއް ބުނީ ލިވަޕޫލާ އެކު "ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕް" އެއް ގާއިމު ކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެކިއެކި ގައުމުތަކުގައި މެދުގައި ރާއްޖެ އިތުރަށް މަގުބޫލުވެގެން ދާނެ ކަމަށް ބަޔާނުގައިވެއެވެ.
އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށާއި ރާއްޖޭގެ އިގްތިސޯދަށް ވެސް އެކަމުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެ ކަމަށް އެމްއެމްޕީއާރްސީގެ ބަޔާނުގައިވެއެވެ.
ލިވަޕޫލާއި އެމްއެމްޕީއާރްސީގެ ގުޅުން ރަސްމީކޮށް އަންނަ މަހުގެ ދެވަނަ ދުވަހު އިއުލާނު ކުރާނެއެވެ. އެކަން އިއުލާން ކުރާނީ ލިވަޕޫލާއި އެވަޓަން އާއި ދެކޮޅަށް ކުޅޭ މެޗުގައެވެ. އެ މެޗުފައި ލިވަޕޫލްގެ އެންފީލްޑް ދަނޑުގެ ލެޑްބޯޑުތަކުގައި ލިވަޕޫލާއި އެމްއެމްޕީއާރްސީގެ ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކަމުން ގެންދާނެއެވެ.
ލިވަޕޫލަކީ ދުނިޔޭގެ މަޝްހޫރު ލީގު އިނގިރޭސި ޕްރިމިއާ ލީގުގައި މަޝްހޫރު ކްލަބަކަށް ވާއިރު މިކަމުގެ ސަބަބުން ލިވަޕޫލުގެ ސަޕޯޓަރުންގެ މެދުގައި ރާއްޖެ އިތުރަށް މަޝްހޫރުވެ ރާއްޖެ އައުމަށް ޝައުގުވެރިކަން އުފެދިގެން ދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް އިތުރު އެއްލައްކަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރެވޭއިރު އާމްދަނީ އިތުރު 100 މިލިއަން ޑޮލަރަށް އިތުރުވެގެން ދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ