ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުން އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
އިބްރާ އެ މައްސަލަ ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަން ފެށުމާއެކު އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުންނެވެ.
އެ މައްސަލާގައި ސަސްޕެންޑްކުރީ ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. އެ ބޭފުޅުން ސަސްޕެންޑްކުރީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.
އެހެންވެ އިބްރާ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ދައުލަތުގެ އެއް ބާރު ހުއްޓުވާލާފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ ގާނޫނުއަސާސީއާ ހިލާފަށް ހިންގާފައިވާ އަމަލެއް އިބްރާއަށް ބުނެދެވިފައިނުވާ ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް މިހާރު އެ ބިލް ތަސްދީގު ނުކުރައްވައި ރައީސް ވަނީ އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ސުއޫދު ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އިންތިހާބާ ގުޅުވާ ރިޝްވަތުގެ އަމަލު ހިންގާނަމަ ރިޕޯޓުކުރަން އެދިއްޖެ
އަންހެން ވޮލީ ޓީމުގެ ކޯޗަށް ޖިންސީ ގޯނާގެ ތުހުމަތު
ކައުންސިލްތަކާއި ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަ ކުށްވެރިކޮށްފި
ޝަމާހުގެ ކޮރަޕްޝަން މައްސަލައެއް އޭސީސީން ބަލަން ފަށައިފި
ޑުރަގު އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި