މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަން އިން މިއަދު އިއުލާންކޮށްފިއެވެ.
ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ މަގާމަށް އައްޔަން ކުރާ ފަރާތަކަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 35،000 ރުފިޔާ ލިބިގެން ދާނެ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތަކީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވާނަންސް، އާބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށެވެ.
އަދި ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓާގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކަނޑައަޅާފައިވާ މަގާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
އެ މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 2025 އެޕްރީލް 06 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެ ކަމަށް އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައިވެއެވެ.
އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށްވެސް ބުންޏެވެ.
މާލެ ސިޓީ ކައުންސިލްގެ އިދާރާ އަށް އެސްޖީއަކު ހޯދަން އިއުލާން ކޮށްފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި ވަޖީހު ނަސީރު މަގާމުން ވަކި ކޮށްފައި ވާތީއެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16ވަނަ ދުވަހުއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ