ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހާޒިރުކޮށްގެން ހިންގި ތަހުގީގުގައި ޖަވާބުދާރީވުމަށްޓަކައި އޭނާއަށް ދޭންޖެހޭ ހުރިހާ ހައްގުތަކެއް އޭނާއަށް ދީފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދު ނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.
މިހާރު ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ޖޭއެސްސީން ބަލާ އެ މައްސަލާގައި އޭނާގެ ވަކީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ޖޭއެސްސީން ދީފައިނުވާ ކަމަށް އޭނާގެ ވަކީލް އިއްޔެ މީޑިއާގައި ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީ އާއި ގާނޫނުން ފަނޑިޔާރަކަށް ލިބިދޭން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ހުރިހާ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ފަނޑިޔާރު އަޒްމިރަލްދާޢަށް ދީފައިވާ ކަމަށެވެ. އަދި ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ފަނޑިޔާރު އަޒްމިރާލްދާ އެދިވަޑައިގަތުމުން، އެ ފުރުސަތު ދީފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ތަހުގީގުގެ އިއްޔެގެ މަޖިލީހުގައި ވެސް އެ ވަކީލް ބައިވެެރިވި ކަމަށް ބަޔާނުގައިވެ އެވެ.
"ތަހުގީގުގެ މި އަޑުއެހުމަށް ފަހު ޑރ. އަޒްމިރާލްދާ ޒާހިރުގެ ގާނޫނީ ވަކީލް މީޑިއާތަކަށް ދެއްވާފައިވާ މައުލޫމާތަކީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ،" ޖޭއެސްސީން ބުންޏެވެ.
ވަކީލުގެ ދައުރަކީ ފަނޑިޔާރަށް ގާނޫނީ ލަފާދިނުން ކަމަށާއި އެ ފުރުސަތު ކޮމިޓީގެ ފަރާތުން ފަނޑިޔާރު އަޒްމިރަލްދާ އާއި ވަކީލަށް ވެސް ދީފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު