ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން، ފަހަކަށް ބަދަލު ކުރުމަށް ކޯޓުތަކާއި ބެހޭ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައިފިއެވެ.
މި އިސްލާހު މަޖިލީހުން ގާނޫނަށް ގެނައީ، މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ. މި ބިލު މަޖިލީހުން ފާސްކުރީ މަޖިލީހަށް ބިލު ހުށަހެޅިތާ ދެ ދުވަސް ތެރޭގައެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ ބިލު ތަސްދީގު ނުކުރައްވަވާ އަލުން އަނބުރާ މަޖިލީހަށް ފޮނުވާލެއްވޫ ބިލާއި މެދު އިތުރަށް ވިސްނުމަށް އެދިވަޑައިގެން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ބަދަލު ކުރަން އިސްލާހު ހުށަހަޅާފައި މިވަނީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ