މިއަހަރު ވެސް ރޯދަ މަހުގެ ފަހު 10އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށެވެ.
އެގޮތަށް ހަމަޖެއްސީ، 1445ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމެއްގައި އެގޮތަށް ހަމަޖައްސާފައިވާ ވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
"މިގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ،" ރައީސް އޮފީހުން ބުންޏެވެ.
ރަމަޟާންމަހުގެ ފަހު 10އާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅައި ގޮތެއްގެ މަތިން އެ ހިދުމަތްތައް ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގާފައިވެއެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި