މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަހުމަދު އިމާދު ވަކި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހަށް އިމާދު ވަކި ކުރުމަށް ހުށަހަޅާފައި ވަނީ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފެވެ. އިމާދު ވަކިކުރަން ހުށަހެޅުއްވި މައްސަލާގައި ލަތީފު ވިދާޅުވެފައި ވަނީ، ކުރީގެ ގަވަރުނަރު އަލީ ހާޝިމް އަށް މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރިއިރު ވެސް އެކަންކަން ފާހަގަކުރުމަށް އިމާދު މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
އަދި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް އިމާދު ފަސްޖެހިފައިވާ ކަމަށާއި އޭނާ މަގާމުން ވަކި ކުރެއްވުމަށް ހުށަހެޅުއްވީ އެ ސަބަބާއި ހެދި ކަމަށް ލަތީފް ހުށަހެޅުއްވި މައްސަލާގައިވެއެވެ.
ލަތީފު އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށެވެ. އިމާދު ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ.
އިމާދު އޭރު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައެވެ.
އޭނާ ގެންދަވަނީ 2000 ވަނަ އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތް ކުރައްވަމުންނެވެ. އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގައި ވެސް މަސައްކަތްކުރައްވާފައިވެއެވެ.
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ
ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުންގެ އެއްބަސްވުމެއް!
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ