ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ ބާލަސުބްރަމާނިއަމްއާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލު ކުރައްވައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި މިނިސްޓަރާއި ސަފީރު ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުުން މަޝްވަރާ ކުރައްވައި އިގުތިސާދީ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށެވެ.
އިންޑިއާ އަށް ރާއްޖެ އަށް އެކި ދާއިރާތަކުން އަބަދު ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ގައުމެކެވެ.
ސަފީރު ޖީ ބާލަސުބްރަމާނިއަމް ވަނީ ދާދި ފަހަކުން ފޮރިން މިނިސްޓަރު ހަލީލާ ވެސް ބައްދަލު ކުރައްވަވައިފައެވެ. އިންޑިއާ އިން މިއަހަރުވެސް ރާއްޖެ އަށް ވަނީ ބޮޑެތި އެހީތެރިކަމެއް ދީފައެވެ. ވަކިން ހާއްސަކޮށް ރާއްޖެ އިގްތިސޯދީ ގޮތުން ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް އެގައުމުން އެހީވެދިނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ