ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރަނގަޅު ކަމަށާއި އަދި އެ އިސްލާހު މިހާރުގެ މަޖިލިސް މެންބަރުންނަށް ހިނގާނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މިދިޔަ އަހަރު ގެނައި އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވަކީލް އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި, އެ އިސްލާހު 20 ވަނަ މަޖިލީހުގެ މެންބަރުންނަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން އޭނާގެ ފަރާތުން އެދުނެވެ.
ނަމަވެސް، ދައުލަތުން ސުޕްރީމް ކޯޓަށް އިއްޔެ ދިން ޖަވާބުގައިވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަކީ ސައްހަ އިސްލާހުތަކެއް ކަމަށް ކަނޑައަޅައިދިނުމަށާއި މިހާރުގެ މެންބަރުންނަށް ވެސް އެ އިސްލާހުގެ އުސޫލުތައް ހިނގާނެ ކަމަށް ވެސް ކަނޑައަޅައިދޭން އެދޭ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅަން ވެސް އަނެއްކާވެސް ދައުލަތުން އެދުނެވެ. ދައުލަތުން މިގޮތަށް ޖަވާބު ހުށަހެޅި ނަމަވެސް އެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ފަހުން ނުބާއްވަ އެވެ.
އެންމެ ފަހުން އަޑުއެހުމެއް ބޭއްވި ފަހުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށްފައި އޮއްވަ އެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް