ކޮޅިގަނޑެއްގެ ސަބަބުން ކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށް މެޓު އޮފީހުން ބުނެފިއެވެ.
މިދިޔަ މަހުގެ 27ވަނަ ދުވަހުން މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުނެވެ.
މާލެ ހިމެނޭހެން ބައެއް އެހެން ރަށްރަށުގެ މަގުތަކުގައި ވެސް ފެންބޮޑުވިއެވެ.
މެޓުން މިއަދު ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ 11 އަދި 12 މާޗުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން، އާންމުކޮށް ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލު ވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ