ސަރުކާރާ ދެކޮޅަށް އިދިކޮޅުން މާލޭގައި މިރޭ ކުރި މުޒާހަރާގެ ތެރެއިން، އެމްޑީޕީ ގައުމީ މަޖިލީހުގެ ދެ މެމްބަރަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައި ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ރައީސް އަހުމަދު ޝަޒީން (ޝަޒިންޓެ) އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހިމް އަބްދު (ގައްބެ) އެވެ.
އެ ދެ މީހުން ހައްޔަރު ކުރީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން މުޒާހަރާގެ ބައިވެރިންނާ އެކު، އަލިކިލޭގެފާނު މަގުން، މުލިއާގެ ކައިރިއަށް އެއްވާން އުޅެނިކޮށެވެ. ރައީސް މުހައްމަދު މުއިއްޒު ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މުލިއާގެ ކައިރިއަށް މުޒާހަރާގެ ބައިވެރިން ދާން އުޅެނިކޮށް، ފުލުހުން ހުރަސް އެޅުމުން އެ ސަރަހައްދުގައި ފުލުހުންނާއި މުޒަހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ.
އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް މަސައްކަތްކޮށްފައެވެ. އަދި އެއަށްފަހު މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެގަނެ، ޝަޒިންޓެ އާއި ގައްބެ ވަނީ ހައްޔަރުކޮށްފައެވެ.
އެމްޑީޕީ މާލޭގައި ސިލްސިލާ މުޒާހަރާތައް ފެށީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން އިސްވެ ކުރަމުންދާ މުޒާހަރާތަކުގައި ގޮވާލަމުންދަނީ ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދިނުމަށާއި ސުޕްރީމް ކޯޓަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު