ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.
އެހެން ބަޔަކާ ގުޅިގެން ސިނާން އިސްލާމިކް ބޭންކުން ނެންގެވި ލޯނަކަށް ހުކުމާ އެއްގޮތަށް ފައިސާ ނުދައްކަވާ ކަމަށް ބުނެ އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމެވެ.
އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމީ މިއަދު އެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ. މީގެކުރިން ވެސް ދަރަނީގެ މިފަދަ މައްސަލަތަކުގައި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތް ނަމަވެސް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުން މިވަގުތު އެ މައްސަލަ ބެލޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ ދުސްތޫރީ މައްސަލަތަކަކީ މަދުވެގެން ފަސް ފަނޑިޔާރުން ތިބެގެން ބަލާ މައްސަލަތަކަށް ވާތީ އެވެ.
ސަސްޕެންޑްކުރި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދާދިފަހުން އިސްތިއުފާ ދެއްވާފައިވާއިރު, ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތިއްބެވީ ސަސްޕެންޝަންގަ އެވެ.
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ