މާލޭގެ ގެއަކަށް ވަދެ ބިރު ދައްކާ އިންޒާރުދިން ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރި ފަރާތަށް ބަޔަކު ބިރުދައްކާ އިންޒާރު ދީފައިވާ މައްސަލައެއްގެ ރޭގެ ވަގުތެއްގައި ހުށަހެޅުނު ކަމަށެވެ. އަދި އެ މީހުން ރޭ 00:45 ހާއިރު އެ ގެއަށް ވަދެ ގެއްލުން ވެސް ދީފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ ކުށުގެ ވެށިން އެކަމާއި ގުޅުންހުރި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ އެ މައްސަލާގައި ހިމެނޭ ހަތަރު މީހުންގެ ވަނަވަރާއި ފޮޓޯ ވެސް އާއްމު ކޮށްފައެވެ.
އޭގެތެރޭގައި ހިމެނެނީ އއ. މާޅޮސް / މުހައްމަދު އަފްލާހު ނަމަކަށް ކިޔާ އުމުރުން 23 އަހަރުގެ ފިރިހެނަކާއި ނ. ވެލިދޫ / އުމުރުން 21 އަހަރުގެ އިބްރާހީމް އަހުނަފާއި ނ. މަނަދޫ / މުހައްމަދު އަޒާން ނަމަކަށް ކިޔާ އުމުރުން 23 އަހަރުގެ ފިރިހެނެއްގެ އިތުރުން ތ. ގުރައިދޫ / އަލީ ނަވާފު ނަމަކަށް ކިޔާ އުމުރުން 21 އަހަރުގެ މީހެކެވެ.
އެ ހަތޔަރު މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ