އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މާލޭގެ މަގުތަކަށް ނުކުމެ، ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް މިރޭ ފަށައިފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން އިސްވެ ތިބެ، މިރޭގެ މުޒާހަރާ ފެށީ ޗާންދަނީމަގުގައި ހުންނަ، އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ. ގައުމީ ދިދަ ހިފައިގެން ތިބެ، ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވަމުން ހަރުގެއިން ނުކުމެގެން، މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާން ކައިރިއަށް ގޮސް، އެމްޑީޕީ ސަރުކާރުން އަޅާފައިވާ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދިނުމަށް ގޮވާލިއެވެ.
މިރޭގެ އެއްވުމުގައި ވާހަކަ ދައްކަވަމުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު، އަދި އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ މީގެ 40 އަހަރު ކުރިން ފެށި، އިސްލާހީ މަސައްކަތުން ދައުލަތުގެ ތިން ބާރު ވަކިކޮށްފައިވާ ނިޒާމު ރައީސް ޑރ. މުހައްމަދު މުއިއްޒު "ފުނޑާލާފައިވާ" ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތަޅު އަޅުވައި، ރައީސް މުއިއްޒުގެ އަޅުންގެ ގޮތުގައި ވަނީ ހަދާފައި. މިހާރު އެ ދަނީ ތިން ބާރުގެ ތެރެއިން މިނިވަންކޮށް މި ވަގުތު އޮތް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ދުވަސް ދުއްވާލުމަށް. ޖޭއެސްސީގެ ނުފޫޒު ބޭނުންކުރައްވައިގެން އެކަން އެ ދަނީ ކުރައްވަމުން،" ބިގޭ ވިދާޅުވިއެވެ.
މިރޭގެ އެއްވުމުން މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި އާއި އަލިކިލޭގެފާނު މަގު އުތުރު، މުލިއާގެ ކައިރީގައި އެއްވެ، އަޑު އުފުލިއެވެ.
މިރޭގެ އެއްވުމުގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. ނަމަވެސް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކޮންމެ ވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިންގިއެވެ. އެކަން ހިނގާފައި ވަނީ ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި މުޒާހަރާގެ ބައިވެރިން އިށީންދެގެން ތިއްބައެވެ.
މިރޭގެ އެއްވުން ނިންމާލި ދުއާއަކުންނެވެ.
އެއްވުން ނިންމާލަމުން ދެން މުޒާހަރާއަށް ނުކުންނާނެ ދުވަހެއް އިއުލާނެއް ނުކުރެއެވެ.
މާދަމާ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާއެއް، 9:30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ