ސަރުކާރުން މިއަހަރު ރަމަޟާން މަހަށް ހާއްސަކޮށް ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރަން ނިންމި މަސްދަޅު ކޭސްތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި 40،000 މަސްދަޅު ކޭސް ބަހައިފިއެވެ.
މާލޭގައި މަސްދަޅު ކޭސްތައް ބަހަން ފެށީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ. ލޯކަލް ގަވާމަންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރެއާ ހަމައަށް މާލެ ސަރަހައްދުގައި 40،000 މަސްދަޅު ކޭސް ބަހާފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ މަސްދަޅު ކޭސް ބަހަން ފެށީ ކިއޫގައި ޖެހިގެންނެވެ. ނަމަވެސް ގިނަ އަދަދެއްގެ ބަޔަކަށް އެކަމުން ތަކުލީފުވާތީ އާއި ގިނަ ބައެއްގެ ޝަކުވާތައް އައުމުން ޓޯކަން ނެގޭނެ ނިޒާމެއް ސަރުކާރުން ގާއިމްކުރިއެވެ.
އަދި މަސްދަޅު ކޭސްތައް ދޫކުރާ ސަރަހައްދުތައް އިތުރުކުރިއެވެ. މަސްދަޅު ކޭސް ދޫކުރަނީ ކަރަންޓު މީޓަރު ނަންބަރަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ