މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށް މޯލްޑިވްސް އިމިގްރޭޝަން އިން މާލޭގެ މާރުކޭޓުތަކަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަންތަކެއް ކުރިޔަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު އާއްމު ކޮށްފައިވާ ވީޑިއޯއެއްގައި ބުނީ އެ އޮޕަރޭޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަން އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔައީ މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އަންނަ ކުދި މާރުކޭޓުތަކަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެ އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަންގައި ޖުމްލަ 5 ތަނެއް ބަލާ ފާސްކޮށްފައިވާއިރު ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓަށް އަމާޒުކޮށް އެ އޮޕަރޭޝަން ފެށީ މިދިޔަ މަހުގެ 22ވަނަ ދުވަހުއެވެ. އިމިގްރޭޝަންގެ އޮފިސަރުންތައް އެންމެ ފުރަތަމަ އެ ދެ މާރުކޭޓުގެ ގޮޅިތަކުގައި ތިބި ބިދޭސީން ދެނެގަތީ ސިއްރުންނެވެ.
އަދި ފެބްރުއަރީ 24ވަނަ ދުވަހު ދެވަނަ ފަހަރަށް ހަމަ އެ ގޮޅިތަކަށް ގޮސްގެން ބިދޭސީންގެ ލިޔެކިއުންތައް ބެލިއެވެ. އެގޮތުން ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރި ދެ ބިދޭސީއަކު ހިފެހެއްޓިއެވެ.
ނަމަވެސް އިމިގްރޭޝަނުން ފާހަގަކުރި އެއް ކަމަކީ މިހާރު މާރުކޭޓުތަކުގައި ވެސް ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރާ ބިދޭސީން ގިނަކަމެވެ.
މިދިޔަ އަހަރުން ފެށިގެން އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ