ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ބައެއް ސަރަހައްދުތަކަށް އޮރެންޖު އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިރޭ ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖު އެލާޓު ނެރެފައެވެ. އެލާޓު ނެރެފައިވަނީ 21:45 އިން ފެށިގެން 00:00 އަށެވެ.
މެޓުން ބުނި ގޮތުގައި އެ ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އިއްޔެ އިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
މިރޭ ވެސް މާލެ އަށް އިރުއޮއްސުނު ވަގުތު ވާރޭ ވެހެން ފެށި ގޮތަށް އަދިވެސް ހުއްޓާނުލައެވެ. މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ވަނީ ފެން ބޮޑުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ