ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އެ ފްލެޓު ލިބޭނެ މީހުންގެ ލިސްޓު މި ހަފްތާ ނިމުމުގެ ކުރިން އާއްމު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ ހުރިހަ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ކުޑަހުވަދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ރޯދައިގެ ކުރިން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައި ވާނެ ކަމަށެވެ.
އެގޮތުން މި ހިނގާ ހަފްތާ ނިމުމުގެ ކުރިން ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މިރޭ ދެއްވިއެވެ.
ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ ކުރީ ސަރުކާރުން އިމާރާތް ކޮށްފައިވާ ފްލެޓު ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ 4،000 މީހުންގެ ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުންތަކާއެކު އެ ލިސްޓުގެ ސައްހަކަން ބެލުން އޮތީ މި ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއްގެ ގޮތުގުގައި ކަމަށް ވިދާޅުވެފައެވެ.
އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ޙަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރަސްމީ ދަތުރުފުޅެއްގައި މަޖިލިސް ރައީސް އިންޑިއާއަށް
އަންނަ މަހުގެ ފަސްވަނަ ދުވަސް ސަރުކާރު ބަންދު
ވެމްކޯ އިން ޕެންޝަނަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، ނައީމް އަވަހާރަވެއްޖެ
އިންޑިއާ - އެމެރިކާގެ ވިޔަފާރީގެ މަޝްވަރާތައް ދަނީ ކުރިޔަށް: ސަފީރު
ގއ. އަތޮޅު ޑުރަގް ނެޓްވޯކާ ގުޅޭ 53 ބޭންކް އެކައުންޓެއް ފްރީޒްކޮށްފި