ރ. އަތޮޅު ކައުންސިލު އިދާރާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ރ. އުނގޫފާރުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރީ އުނގޫފާރު، ނަސީމީހިޔާ، މުހައްމަދު ވަހީދު، 67، އާއި އެ ރަށު ރިވެލި، މުހައްމަދު އަމްޖަދު، 61، ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުން ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މި މަހުގެ 21ވަނަ ދުވަހު ކަމަށެވެ. އެ ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ބުންޏެވެ.
ރާއްޖޭގައި އައިސް ސިހުރު ހެދުމުގެ ކަންކަން ވަނީ ވަރަށް ބޮޑުވެފައެވެ. ފުލުހުން އަންނަނީ މިފަހުން މިފަދަ ކަންކަން ބޮޑަށް ކުރާ ކަމަށް ފާހަގަކުރެވޭ ރަށްތަކަށް ގޮސް އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ