ގާނޫނު އޮތްގޮތުން ދަރިންގެ ހަރަދު ދިނުމުގައި ޒިންމާވާން ޖެހެނީ ހަމައެކަނި ބައްޕަ ނޫން ކަމަށާއި އެއީ މަންމައިން ވެސް ހިމެނޭ ގޮތަށް މައިންބަފައިންގެ ޒިންމާއެއް ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ތަކެތީގެ އަގު ބޮޑުވެފައިވާތީ 2،000ރ. އަކީ ދަރިންގެ ހުރިހާ ހަރަދެއް ފުއްދޭ ވަރަށް ވުރެ މާ ކުޑަ އަދަދެއް ކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް އިއްޔެ ވިދާޅުވީ އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ދަރިންގެ ހަރަދު ދޭންޖެހެނީ ބައްޕައިން ކަމަށް ވީ ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ދަރިންގެ ހަރަދަށް ޒިންމާވުމަކީ މައިންބަފައިންގެ ވާޖިބެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގައި އޮންނަނީ ކުއްޖާ ބެލެހެއްޓުމާއި އޭނާއަށް ބޭނުންވާނެ ހަރަދުގެ ކަންތައްތައް ޝަރުއީ ހަމަތަކުގެ މަތިން މައިންބަފައިން ހަމަޖައްސަން ވާނެ ކަމަށެވެ.މައިންބަފައިން ކަމަށް ބުނެފައިވަނީ ކުއްޖާގެ މަންމަ އާއި ބައްޕަ ކަމަށް ގާނޫނުގައިވެ އެވެ.
"ބައްޕަގެ އެކަނި ކަމަކަށް ނޫން އޮތީ. މައިންބަފައިންގެ ކަމެއްގެ ގޮތުގައި އޮތީ. އެހެންވީމާ ކުއްޖާގެ ބައްޕަ އަށް އެކަނި ދަރިންގެ ހަރަދުގެ ހުރިހާ ކަމެއް އެހެން ޖަހާފައި އަޅުގަނޑުމެންނަށް ހަމައެކަނި ދޫކުރެވޭނެތޯ،" އޭނާ ސުވާލު ކުރެއްވި އެވެ.
"ކުއްޖާގެ ބައްޕަ އަށް ވުރެ ކުއްޖާގެ މަންމައަކީ ތަނަވަސްކަން ލިބިގެންވާ މީހަކަށް ވެސް ވެދާނެ." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްޖާގެ މަސްލަހަތަށާއި ރައްކާތެރިކަމަށް އަދި ދުޅަހެޔޮކަމަށް ބަލާ ނަމަ ހަރަދާ މެދު ޒިންމާވާން ޖެހޭނީ ދެމަފިރިން ހަމަހަމަ އުސޫލަކުން ކަމަށެވެ. ގާނޫނުތަކުގައި ވެސް އެކަންކަން އޮތީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކައިވެނި ރޫޅުމަށް ފަހު ދަރިންނަށް ހަރަދު ނުކުރާތީ، މަންމައިން ބައްޕައިންނާ ދެކޮޅަށް ކޯޓުގައި ދައުވާކުރާ މައްސަލަތައް ކޯޓުތަކުގައި ނިސްބަތުން ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ މީހުން އެކަކު އަނެކަކަށް ޖެއްސުމަށް ވެސް ކޯޓުތަކަށް މައްސަލަ ހުށަހަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދާވަތްތެރިކަމުގެ ގޮތުން ކުއްޖާގެ ބައްޕަ އަށް އިތުރު ކައިވެންޏެއް ކުރިޔަ ނުދިނުމަށްޓަކައި އަބަދުވެސް ކޯޓުގައި ކޮންމެ ވެސް މައްސަލައެއް ބާއްވާނަމޭ އެބަ ބުނޭ،" ބައެއް މައްސަލަތަކުގެ މިސާލު އޭނާ ވިދާޅުވި އެވެ.
ގަވާއިދު މިހާރު އޮންނަ ގޮތުން އެއް ކުއްޖަކު ހުރި ނަމަ 2،000ރ. އަދި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ ކޮންމެ ކުއްޖަކަށް 1،000ރ. އަށް ވުރެ މަދު ނޫން އަދަދެއް ދަރިންގެ ހަރަދުގެ ގޮތުގައި މަހަކު ދޭންޖެހެ އެވެ.
ނަމަވެސް ފެމިލީ ކޯޓުން އެދެނީ ހަރަދަށް ވަކި އަދަދެއް ގަވާއިދަކުން ކަނޑައެޅުމަށް ވުރެ ކޯޓުގެ އިހްތިޔާރަށް ދޫކޮށްލުމަށެވެ. އެއީ ބައްޕައިންގެ މާލީ ހާލަތަށް ރިއާޔަތްކޮށްގެން އެކަން ކުރެވޭނީ އެގޮތަށް ކަމަށް ވާތީ ކަމަށް އެ ކޯޓުން ބުންޏެވެ.
 
		 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								