މި މަހުގެ 15ވަނަ ދުވަހުން ފެށިގެން މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ ވެހިކަލްތައް ނެގުމުގެ ތެރެއިން، 400 އަށްވުރެ ގިނަ ވެހިކަލް ނަގައިފިއެވެ.
އެ މަސައްކަތް ފުލުހުން ފެށި ދުވަހު ބުނީ، މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެ ދުވަހު އެ މަސައްކަތުގެ ދަށުން ޖުމްލަ 235 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ ތެރޭގައި 201 ސައިކަލާއި ހަތަރު ފުރޮޅުލީ 31 އުޅަނދު އަދި 3 ބައިސްކަލު ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އިއްޔެ އާއި ހަމައަށް އެ މަސައްކަތުގެ ދަށުން ޖުމުލަ 468 އުޅަނދު ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 432 އުޅަނދާއި ހަތަރު ފުރޮޅުލީ 33 އުޅަނދު އަދި ތިން ބައިސްކަލު ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ