ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ރަމަޟާން މަހަށް ފިޔާ އާއި ބިސް އަދި އަލުވީގެ ސްޓޮކް ބާޒާރަށް ނެރެފިއެވެ.
އެސްޓީއޯ އިން މިއަދު ބުނި ގޮތުގައި އެކުންފުނިން ބިސް ކޭހެއް ވިއްކަނީ 320 ރުފިޔާ އަށެވެ. އަދި ވަކިން ބިހެއް ވިއްކަނީ 2 ރުފިޔާ އަށެވެ. ފިޔާ ބަސްތާއެއް 310 ރުފިޔާ އަށް ވިއްކާއިރު އަލުވި ކިލޯއެއް ވިއްކަނީ 18 ރުފިޔާ އަށެވެ.
އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖު ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސް އިން ހޯލް ސޭލްކޮށް ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.
އެސްޓީއީ އޮން ސްޓޮކް ނެރުނު ތަކެއްޗަކީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ނިންމާފައިވާ ކެޓަގަރީގައި ހިމެނޭ ތަކެއްޗެވެ. އެ ކެޓަގަރީ އަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކާ ފިޔާ، ބިސް އަލުވި، ކާއްޓާއި ކަދުރެވެ.
ތާޒާ ތަރުކާރީ އަދި މޭވާގެ ބާވަތްތަކުގެ ތެރޭގައި ލޮނުމެދާއި އިނގުރާއި ލުނބޯ އަދި ކެރެޓާއި އޮރެންޖާއި ކެބެޖާއި މިރުހާއި ފޭރާއި ކަރާގެ އިތުރުން އަނބާއި ޕެޝަންފުރުޓް އަދި ކިއުކަންބާ ހިމެނެއެވެ.
ޕްރޮސެސްޑް ކާނާ އަކީ ވެސް އެސްޓީއޯ އިން ބަހާލާފައިވާ ހަތަރު ކެޓަގަރީގައި ހިމެނޭ ބައެކެވެ. މީގެތެރޭގައި ނެސްލޭ ކުރީމާއި، ކޮކޯ ޕައުޑަރާއި ބޭކެޓް ބީންސާއި ގެރިކިރު ދަޅު ހިމެނެއެވެ. ކެއްކުމަށް ބޭނުންކުރާތަކެތީގެ ތެރޭގައި ސަންފްލާވަރ އޮއިލާއި ވެޖިޓަބަލް އޮއިލްގެ އިތުރުން ބާސްމަތި ހަނޑޫ ހިމެނެއެވެ.