ދިވެހި އަންހެނަކު ރާއްޖެއިން ބޭރުގައި ކުރި ކައިވެނިތަކަކާ ގުޅިގެން އޭނާގެ ތިން ފިރިން ތިބި މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ފެމެލީ ކޯޓުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމައި, ދަރިންނަށް ހަރަދު ނުދީ ރާއްޖޭން ބޭރަށް ގޮސް އިތުރު ކައިވެނިތައް ކުރާ މައްސަލަތަކާއި ރަޖިސްޓްރީނުކޮށް ކޯޓުން ބޭރުގައި ކައިވެނިކޮށް އުޅޭ މައްސަލައާ ގުޅޭގޮތުން މެމްބަރުން ސުވާލު ކުރުމުން ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ ކޯޓުން ބޭރުގައި ކައިވެނި ކުރުމާއި ކައިވެނި ރަޖިސްޓްނުކޮށް ތިބުމުގެ ސަބަބުން އެންމެ އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް އެބައޮތް ކަމަށެވެ.
"އެއް އަންހެނަކު ތިން ފިރިން ތިބި މައްސަލައެއް. އެއް އަންހެނެއް ތިން ފިރިން އެބަތިބި. މި ކަހަލަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވިީ އަންހެން މީހާ ރާއްޖޭން ބޭރުގައި ފުރަތަމަ ކައިވެނިކޮށް އެ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީ ކުރެވެން ނެތުމުން ރާއްޖޭން ބޭރަށް ގޮސް އިތުރު މީހަކާ ކައިވެންޏެއް ކުރި ކަމަށެވެ. އަދި އެ ކައިވެނި ރަޖިސްޓްރީ ކުރަން ކޯޓަށް ދިޔައިރު، ފުރަތަމަ ކައިވެނީގެ ލިޔެކިޔުންތައް ވެސް ކޯޓުގައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ދެ ކައިވެންޏާ މެދު ގޮތެއް ކަނޑަނޭޅެނީސް އިތުރު ކައިވެންޏެއް ފަހުން އޭނާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ނުރައްކާތެރި ކަމެއް. މިއީ އަޅުގަނޑުމެންގެ ނަސަބު ވެސް އޮޅިގެން ހިނގައިދާނެ ކަމެއް. ނޭދެވޭ ވަރަށް ގިނަ ކަންކަން ނުކުމެދާނެ ކަމެއް."މައުސޫމް ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް އިތުރުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ