ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށް މަތީ ތައުލީމުގެ ޕްރޮގްރާމެއް ފެށުމަށް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާއެކު މަޖިލިސް އިދާރާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މަޖިލިސް މެންބަރުންނަށް ހިންގުމަށް ހަމަޖެހިފައި ވަނީ ޝަރީއާ އެންޑް ލޯ ގެ އެޑްވާންސް ސެޓްފިކެޓް ކޯހެކެވެ. މަޖިލިސް އިދާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ.
އެފަދަ ކޯހެއް ހިންގުމުގެ ބޭނުމަކީ 20ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ މަތީ ތައުލީމު ހާސިލުކޮށް ގާބިލް ބަޔަކަށް ހެދުމަށް ކުރާ މަސައްކަތެއް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހަކީ އިލްމީ މަސައްކަތްތަކެއް ކުރާ ތަނަކަށް ހެދުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް