ރިޕަބްލިކް އޮފް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، އައްޔަން ކުރެއްވީ މާފަންނު ބީނާފުށި، އާއިޝަތު އަޒީމާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފިއެވެ.
އަޒީމާ އިންޑިއާގެ ސަފީރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 30ވަނަ ދުވަހުއެވެ.
ސަފީރު ކަމަށް އައްޔަން ކުރެއްވުމާއި ހަމައަށް އަޒީމާ ހުންނެވީ ފޮރިން ސެކްރެޓަރީގެ މަގާމުގައެވެ.
އޭނާ އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ފޮރިން ސާވިސް ގާނޫނު ބުނާ ގޮތުގައި ސަފީރު ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެ މަގާމުގައި ހުރެވޭނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި