ޕާޓީ ބަދަލުކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލާގައި ޑިމޮކްރަޓްސް ޕާޓީން ބައިވެރިވެފައި ވަނިކޮށް, އެފަދަ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ޑިމޮކްރަޓްސް ޕާޓީގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި އެމްޑީޕީ އާއި ޑިމޮކްރަޓްސް ޕާޓީން ބައިވެރިވެފައިވެ އެވެ. ނަމަވެސް މިއަދު އެ މައްސަލާގައި ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުމަށް ޑިމޮކްރަޓްސް ޕާޓީން ހާޒިރެއް ނުވެއެވެ.
އިންތި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގެ ގާނޫނުއަސާސީއަށް ކުރިން ގެނައި އިސްލާހެއް މަޖިލީހުން އަމިއްލައަށް އުވާލަންދެން ދެމިއޮތް ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް އެފަދަ މައްސަލަ ނުބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާނައަކީ ގާނޫނު އަސާސީ އިސްލާހު ކުރުމާއި އިސްލާހު އުވާލުމަކީ ހަމައެކަނި ރައްޔިތުން ބައިވެރިވާ ގާނޫނު ހަދާ މަޖިލީހަކަށް އެކަނި އޮތް ބާރެކޭ." އިންތިގެ ޓްވީޓްގައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުގެ ފަރާތުން ވެސް ވަކާލާތު ކޮށްފައިވެ އެވެ. އެ މައްސަލާގެ އަޑުއެހުމެއް މާދަމާ ވެސް ސުޕްރީމް ކޯޓުގައި އޮންނާނެ އެވެ.
ހޯކްސްގެ ވަގު ސިނގިރޭޓް މައްސަލާގައި ދެ މީހަކު ވަކިކޮށްފި
ބޯހިޔާވަހިކަމަށް އިހުމާލުވެފައި ވާތީ އެމްޑީޕީގެ އެއްވުމެއް
ޑޮލަރު ފޭރުން: މީހުންގެ ވަނަވަރު އާއްމުކޮށްފި، ފައިސާ އަދިވެސް ނުހޯދޭ
ޒަމްއަތު މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުގެ ނާއިބު ރައީސަކަށް
ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ