ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް މައްސަލާގައި ޖަވާބުދާރީވުމަށް އެއް ގަޑިއިރު ދިނުމަށް އާއްމު ކޮމެޓީން ނިންމައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮއިއާއެކުގައެވެ. އެ މައްސަލާގައި ގާނޫނުއަސާސީއާ ހިލާފަށް އެތައް ކަމެއް އިހުސާން ކުރައްވާފައިވާ ކަމަށް ބުނެފައިވެއެވެ.
އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޮތީ ޑީއެންއާރްގެ ޑޭޓާ ބޭސް ބޭނުން ކޮށްގެން ޕީއެންސީ އަށް މެންބަރުން އިތުރު ކޮށްފައި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.
މުޅި މި މައްސަލައަށް އާއްމު ކޮމެޓީން ކަނޑައެޅީ ދެ ގަޑިއިރެވެ. އެއީ ޖަވާބުދާރީވުމަށް އެއް ގަޑިއިރާއި ބަހުސް ކުރުމަށް އެއް ގަޑިއިރެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު