ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ކުރުކޮށްލުމަށްފަހު، ރޯދަމަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ކޮމެޓީން ނިންމާފައިވާ ނިންމުން ބަދަލުކުރަން ޕީއެންސީގެ ޕީޖީން ނިންމައިފިއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވީ މުޅި ރޯދަމަސް އެއްކޮށް ޗުއްޓީއަށް ދާން އެޕާޓީގެ ޕީޖީން މިހާރު ބޭނުން ނުވާ ކަމަށެވެ.
ފަލާހް ވިދާޅުވީ ރޯދަމަހު މަސައްކަތް ކުރާ ނަމަ މަޖިލިސް ޖަލްސާ އަށް ލިބެނީ ދެ ގަޑިއިރު ކަމަށެވެ. ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވާތީ މަޖިލިސް އަށް ވެސް ޗުއްޓީ ލިބޭނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
ނަމަވެސް މަޖިލިސް ގަވާއިދަށް ހުށަހެޅި އިސްލާހާ ގުޅިގެން މީޑިއާތަކުން އެ ހަބަރު ގެނައީ އާއްމުންނަށް އޮޅުން އަރާ ގޮތަށް ކަމަށާއި އެހެންކަމުން އެ އޮޅުމާއި ގުޅިގެން މިހާރު ރޯދަމަހު ޗުއްޓީއަށް ދާން ބޭނުން ނުވާ ކަމަށް، މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ފަލާހް ވިދާޅުވިއެވެ.
މަޖިލިސް ގަވާއިދަށް އެ އިސްލާހު ގެނައުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ރިފާއުއެވެ.
ރިފާއުގެ އިސްލާހުގައި ވަނީ މަޖިލިސްގެ ފުރަތަމަ ދައުރު ޖެނުއަރީ މަހަށް އަވަސް ކުރަން ހުށަހަޅާފައެވެ. މިހާރު މަޖިލިސް ހުޅުވަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައެވެ. ރިފާއު ހުށަހެޅުއްވި އިސްލާހުގައި ޖެނުއަރީ މަހުގެ ނިޔަލަށް މަޖިލިސްގެ ފުރަތަމަ ދައުރު ކުރުކޮށްލުމަށް ވެސް ހުށަހަޅާފައިވެއެވެ.
އެ އިސްލާހުގައި ދެވަނަ ދައުރު ކުރިއަށް ދާނީ އޭޕްރިލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު އޮންނާނީ ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށް ބަޔާންކޮށްފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ފުރަތަމަ ހަފްތާގައި ފެށި ނަމަވެސް ކުރިޔަށް އޮތް ރޯދަމަހު މަޖިލިސް ޗުއްޓީއަށް ދާން އިސްލާހުގައި ހިމަނާފައިވެއެވެ.
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން
ސިޓީ ޕާކް މިމަހު ނިޔަލަށް ނިންމަން މިދަނީ މަސައްކަތް ކުރަމުން: އާޒިމް
އުންމީދަކީ އުފާވާ ޖަވާބުތަކެއް ސަރުކާރުން ލިބިގެންދިއުން: އިމްރާން