މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ ގިނަ އަދަދެއްގެ ވެހިކަލް ފުލުހުން މިއަދު ޓޯކޮށްފިއެވެ.
ފުލުހުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ޖުމްލަ 235 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ ތެރޭގައި 201 ސައިކަލާއި ހަތަރު ފުރޮޅުލީ 31 އުޅަނދު އަދި 3 ބައިސްކަލު ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެކުރިން ވެސް ފުލުހުން ވަނީ މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތައް ޓޯކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ