ރޯދަސާފު" ޕްރޮގްރާމްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެއްޖެއެވެ.
މިއީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ހަރަކާތުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުން 500 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށް އެކުންފުނިން ބުނެއެވެ.
މި ހަރަކާތުގައި އެމްއޭސީއެލްގެ ޓީމްތަކުން ސާފު ކުރާނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އެކި ސަރަހާއްދުތަކެވެ.
މިއީ ފަސިންޖަރުންނާއި މުވައްޒަފުންނަށް ހިތްހަމަޖެހޭ މާހައުލެއްގެ ގޮތުގައިވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭއްވުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެކުންފުނިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ އެކުންފުނިން އަބަދުވެސް އެއާޕޯޓް ސާފު ކުރުމުގެ ހަރަކާތްތައް "ގްރީން އެއާޕޯޕޯޓް" އިނިޝިއޭޓިވްގެ ދަށުން އަހަރުގެ އެކި ދުވަސްވަރު ކުރިޔަށް ގެންދާ ކަމަށެވެ.

އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ