ޗައިނާއާއެކު އޮންނަ ވާދަވެރިކަން ބޮޑުވަމުންދާ މި ދަނޑިވަޅުގައި ފިލިޕީންސްގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް، އިތުރު ހަތިޔާރާއި ސިސްޓަމްތައް ގަތުމުގެ ޕްލޭނެއް އެބައޮތްކަމަށް ފިލިޕީންސް އަސްކަރިއްޔާގެ ވެރިޔާ ވިދާޅުވެއްޖެއެވެ.
ޖެނެރަލް ރޯމިއޯ ބްރައުނަރ ޖޫނިއަރ ވިދާޅުވީ، ފިލިޕީންސްގެ އަސްކަރިއްޔާއަށް ގަންނާނެ ހަތިޔާރުތަކުގެ ތެރޭގައި އިންޑިއާގެ ބްރާމޯސް މިސައިލާއި، ދެ ސަބްމެރިން ހިމެނޭނެ ކަމަށެވެ. ފިލިޕީންސްގެ އަސްކަރިއްޔާ ޒަމާނީ ކުރުމުގެ 3 ވަނަ ފިޔަވަހި 'ހޮރައިޒަންސް'ގެ ނަމުގައި މިހާރު ކުރިއަށްދާއިރު، ކުރިއަށް އޮތް 10 އަހަރު އެކަން ކުރުމަށް 35 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފިލިޕީންސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ބްރޯނާ ވިދާޅުވީ ފިލިޕީންސްއަކީ ޖަޒީރާތަކެއްގެ މައްޗަށް އުފެދިފައިވާ ގައުމެއްކަމުން، ޗައިނާއާ ކުރިމަތިލުމަށް ނުވަތަ ޗައިނާގެ ކިބައިން ސަލާމަތްވުމަށް ސަބްމެރިންއަކީ މުހިއްމު ވަސީލަތެއްކަމަށެވެ.
ދެހާސް ބާވީސްވަނަ އަހަރުވެސް ފިލިޕީންސްއިން ވަނީ 357 މިލިއަން ޑޮލަރަށް އިންޑިއާއިން ބްރާމޯސް އެންޓި-ޝިޕް މިސައިލް ސިސްޓަމެއް ގަނެފައެވެ. މިހާރުވެސް އިތުރު ސިސްޓަމްތަކެއް ގަތުމަށް އިންޑިއާއަށް ވަނީ އޯޑަރު ދީފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ