މި މަހުގެ ކުރީކޮޅު އައިޖީއެމްއެޗް ކައިރީގައި މީހެއްގެ ބޮލަަށް މަރުތޭލަކުން ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން އޭނަ ހައްޔަރުކުރީ ހަމަލާ އަށް ފަހު، ފިލަން މެލޭޝިއާ އަށް ގޮސްގައި އެނބުރި މިއަދު ރާއްޖެ އައުމާ އެކު ވެލާނާ އެއާޕޯޓުންނެވެ. އޭނާ މެލޭޝިއާ އަށް ދިޔައީ ކޯޓު އަމުރުވެސް ނެރެފައި ވަނިކޮށެވެ. މެލޭޝިއާ އަށް އޭނާ އެތެރެ ނުކޮށް އެހެން ފްލައިޓަކުން އޭނާ ރާއްޖެ ގެނައީއެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ފުވައްމުލަކު، ދިގުނވާޑު، ބަނަފުސާގޭ ހުސައިން އަރީޝް، 31، އެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން 10 ދުވަސް ވަނީ ޖަހައިފައެވެ.
އަރީޝްގެ ކުށުގެ ރިކޯޑު:
- މާރާމާރީގެ 15 ރެކޯޑެއް
- މަސްތުވާތަކެތީގެ ހަ ރެކޯޑެއް
- މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން ރެކޯޑެއް
- ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ ރެކޯޑެއް
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ