މި މަހުގެ ކުރީކޮޅު އައިޖީއެމްއެޗް ކައިރީގައި މީހެއްގެ ބޮލަަށް މަރުތޭލަކުން ހަމަލާ ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އޭނަ ހައްޔަރުކުރީ ހަމަލާ އަށް ފަހު، ފިލަން މެލޭޝިއާ އަށް ގޮސްގައި އެނބުރި މިއަދު ރާއްޖެ އައުމާ އެކު ވެލާނާ އެއާޕޯޓުންނެވެ. އޭނާ މެލޭޝިއާ އަށް ދިޔައީ ކޯޓު އަމުރުވެސް ނެރެފައި ވަނިކޮށެވެ. މެލޭޝިއާ އަށް އޭނާ އެތެރެ ނުކޮށް އެހެން ފްލައިޓަކުން އޭނާ ރާއްޖެ ގެނައީއެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ފުވައްމުލަކު، ދިގުނވާޑު، ބަނަފުސާގޭ ހުސައިން އަރީޝް، 31، އެވެ.
ފުލުހުން ވަނީ އޭނާގެ ފޮޓޯ އަދި ވަނަވަރުވެސް އާއްމުކޮށްފައެވެ. މާފަންނުގެ ގޭންގެެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަރީޝްއަކީ ނުރައްކާތެރި ކުށްތައް ކުރުމުގެ އިސް މީހެެއް ކަމަށް ފުލުހުން ހާމަކުރެއެވެ. އޭނާގެ ކުށުގެ ރިކޯޑު 26 އަށް އަރައެވެ.
އަރީޝްގެ ކުށުގެ ރިކޯޑު:
- މާރާމާރީގެ 15 ރެކޯޑެއް
- މަސްތުވާތަކެތީގެ ހަ ރެކޯޑެއް
- މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން ރެކޯޑެއް
- ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ ރެކޯޑެއް
ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓަށް 720 ޔުނިޓު އިތުރުކުރަނީ
ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިއްޖެ
ރައީސް މުއިއްޒު އަދި ސަރުކާރާ ގުޅޭ ބޮޑު ތުހުމަތެއް މުންދު ދޮގުކޮށްފި
ހުޅުމާލޭ އެޕާޓުމަންޓެއްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރަށް
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން