މިމަހުގެ އަށްވަނަ ދުވަހުގެ ރޭ މީހަކަށް ކޯރާޑިއަކުން ހަމަލާދީ ފިލަން އުޅުނު މައްސަލާގައި ހައްޔަރުކުރި ދެވަނަ މީހާ ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.
އެމީހުން މާރާމާރީ ހިންގާފައި ވަނީ ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަަޅީގައި މަޑުކޮށްގެން ހުރި މީހަކަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިލައިގެން ހުޅުމާލެ އިން މާލެ އަށް ދިއުމަށް ސިނަމާލެ ބްރިޖު ހައިވޭ އިން ދަނިކޮށް ހިފަހައްޓާފައިވާ ކަމަށެވެ. އެ މީހުން ހިފެހެއްޓި ސަރަހައްދުން މާރާމާރީ ހިންގުމަށް ބޭނުންކުރި ހަތިޔާރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. ފިޔޯރީ ހީނާމާގޭ، ރުސްތުމް އިބްރާހިމް، 25 އާއި ބ. ގޮއިދޫ، ފިނިފެންމާގޭ، ސައިފުﷲ ފައިސަލް، 19 އެވެ.
ކްރިމިނަލް ކޯޓުން ސައިފުﷲ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކުރި ނަމަވެސް ރުސްތުމްގެ ބަންދަށް ދިނީ ތިން ދުވަހެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިއުމުން އޭނާވެސް ޝަރީއަތް ނިމެންދެން ވަނީ ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ