ވޭޕްގެ އާލާތްތައް އަތުލައި، ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ގަވާއިދު ގެޒެޓުކޮށްފިއެވެ.

ރާއްޖޭގައި ވޭޕް ބޭނުން ކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ވަނީ މަނާ ކޮށްފައެވެ. އަދި ވޭޕް ބޭނުން ކުރާ މީހުން ފުލުހުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ. ޖޫރިމަނާ ކުރަނީ 5،000 ރުފިޔާ އިންނެވެ. ޖޫރިމަނާ ކުރި ނަމަވެސް އެތަކެތި އަތުލުމުގެ ބާރެއް ފުލުހުންނަކަށް ނޯވެއެވެ.

ނަމަވެސް މިއަދު ގެޒެޓު ކޮށްފައިވާ ގަވާއިދުގައި ބުނެފައި ވަނީ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އިލެކްޓްރޯނިކް ސިނގިރޭޓާއ،ި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއ،ި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ބޭނުންކުރުން މަނާތަނެއްގައި ބޭނުން ކުރަނިކޮށް ފެނިއްޖެ ނަމަ ނުވަތަ އަތުގައި އޮތް ނަމަ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ގާނޫނަކުން ލިބިދޭ ބާރެއްގެ ދަށުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި އެފަދަ އެއްޗެއް ފެނިއްޖެ ނަމ،ަ އެ އެއްޗެއް ކަމާގުޅޭ ތަންފީޒީ އިދާރާގެ ބާރުގެ ދަށަށް ނެގިދާނެ ކަމަށެވެ.

މި ގަވާއިދުގެ ދަށުން ހިފެހެއްޓޭ ނުވަތަ އަތުލެވޭ ތަކެއްޗަކ،ީ ދިވެހިރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާ ތަކެއްޗަށްވާތީ ، މި ގަވާއިދުގެ ދަށުން އެ ތަކެތި ހިފެހެއްޓުމަށް ފަހު، އަލުން ދުލެއް ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިގޮތަށް ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭނަމަ 2،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފިނަމަ 50،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފައެވެ.

ފުލުހުން މިހާތަނަށް ހާމަ ކޮށްފައިވާ މައުލޫމާތުތަކުގައި ވޭޕް ބޭނުންކޮށްގެން މިހާތަނަށް 29 މީހުން ޖޫރިމަނާ ކޮށްފައިވެއެވެ.