ރައްޔިތުން މަޖިލީހުގެ އަރުޝީފު އިތުރަށް ތަރައްގީ ކުރުމަށް އިންޑިއާގެ ލޮކް ސަބާގެ އެހީތެރިކަން ދެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް، އިންޑިއާގެ ލޮކް ސަބާގެ ރައީސްއާއި ރާޖްޔަ ސަބާގެ ޗެއާމަންގެ އަރިހުން އެދިވަޑައިގެންފިއެވެ.
އަބްދުއްރަހީމް އިއްޔެ ވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންފައެވެ. އަދި މިއަދު ލޮކް ސަބާގެ ރައީސް އޯމް ބިރްލާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ވަނީ ކުރައްވައިފައެވެ.
މި ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު އަބަދުވެސް އޮންނަގާތް ގުޅުން ފާހަގަކުރެއްވިއެވެ. ހާއްސަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހާއި ލޮކް ސަބާއާ ދެމެދު 2019 ވަނަ އަހަރު ހެދިފައިވާ އެމް.އޯ.ޔޫ.ގެ ދަށުން މަޖިލީހުގެ މުވައްޒަފުންނަށް ލޮކް ސަބާގެ ފަރާތުން ހިންގަމުން ގެންދާ ތަމްރީން ޕްރޮގްރާމްތަކާގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީއާއި އަރުޝީފް އިތުރަށް ތަރައްޤީކުރުމަށް އިންޑިއާގެ ލޮކް ސަބާގެ އެހީތެރިކަމަށް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަބަދުވެސް ލޮކް ސަބާއިން ރައްޔިތުންގެ މަޖިލީހަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް މަޖިލިސް ރައީސް ޝުކުރުވެސް އަދާ ކުރެއްވިއެވެ
ސްޕީކަރ އޯމް ބިރްލާ ވަނީ އިންޑިއާގެ ޑިޖިޓަލް ޕާލަމެންޓްރީ ކުރިއެރުންތަކާއި މީހުންތަމްރީން ކުރުމާއި ކުރިއެރުވުމުގައި ލޮކްސަބާ ގެ ޕާލަމެންޓްރީ ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީސް (ޕްރައިޑް) ގެ ދައުރަށް އަލިއަޅުވާލައްވާފަ އެވެ.
އަދި ޑިޖިޓަލް އިނޮވޭޝަންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުގެ ތަޖުރިބާ ދިވެހިރާއްޖެއާ ހިއްސާކުރުމަށް އިންޑިއާއިން ތައްޔާރަށް އޮތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ކަށަވަރުކޮށްދެއްވިއެވެ. އަދި މިދަތުރުފުޅުގެ ސަބަބުން ދެމަޖިލީހުގެ ދެމެދުގައި އޮތްގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވިއެވެ.
ޑުރަގާއެކު ނޭޕާލް އަންހެނަކާއި ދިވެހިން ތިން ފިރިހެނުން ހައްޔަރަށް
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް